بسم الله الرحمن الرحيم
މުޤައްދިމާ
އެންމެހާ ޙަމްދާއި ޘަނާއެއް ޙައްޤުވެގެންވަނީ
ޢާލަމްތަކުގެ ވެރި މާތްﷲ سبحانه وتعالى އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޢިލްމުގެ ނޫރުން
މުޅިއުއްމަތަށް އަލިކޮށްދެއްވި މާތްސާހިބާ محمد صل الله عليه وسلم އަށެވެ. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަމެވެ.
މި ރިޕޯޓަކީ، ބެޗްލަރ އޮފް
ޓީޗިންގ އިސްލާމް ( 3 ވަނަ އަހަރު ) ގެ ދަރިވަރުންނަށް ފަސްވަނަ ސެމިސްޓަރގައި
ކިޔަވައިދެއްވާ މާއްދާއެއްކަމުގައިވާ، "މަލްޓިމީޑީޔާ ޓެކްނޮލޮޖީ ފޯ ޓީޗަރސް (CPT121) އިން" ތައްޔާރުކުރުމަށް
ޙަވާލުކޮށްފައިވާ ގްރޫޕް އެސައިންމެންޓެއްގެ މައްޗަށް ބަލައިލާ
ތައްޔާރުކުރެވިފައިވާ އިންޑިވިޖުއަލް ރިޕޯޓެކެވެ.
އަޅުގަނޑުމެންގެ ގްރޫޕުން ނެގި މަލްޓިމީޑިޔާ ޓޫލަކީ،
އައިޕެޑެވެ. އެހެންކަމުން މިރިޕޯޓުވެސް ތައްޔާރުކުރެވިފައި މިވަނީ، އައިޕެޑުގެ
މައްޗަށެވެ. އެގޮތުން ބަލާއިރު މި ރިޕޯޓުގައި ހިމެނޭނެ ބައިތަކަކީ، ކިޔަވައިދިނުމުގައި
މަލްޓިމީޑިޔާގެ ދައުރު، ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުން ހުރި
ފަސޭހަތަކާއި ފައިދާތައް، އައިޕެޑްގެ ތަޢާރަފް، އައިޕެޑް ކިޔަވައިދިނުމުގައި
ބޭނުންކުރެވޭ ގޮތުގެ ތަޢާރަފް، ކިޔަވައިދިނުމުގައި އިންޓަރނެޓްގެ މުޙިއްމުކަން،
އިންޓަނެޓް ބޭނުންކުރުމުގެ އަޚްލާޤީ މިންގަނޑުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި
މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް އަދި މީގެ އިތުރުން، ކައިރި
މުސްތަޤްބަލްގައި މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް އަންނާނެ
ބަދަލުތަކެވެ.
05 މާރޗް 2013
މަލްޓިމީޑިޔާއަކީ ކޮބާ؟
ކިޔަވައިދިނުމުގައި
މަލްޓިމީޑިޔާގެ ދައުރު
އެއްދުވަހުން އަނެއް ދުވަހަށް ދުނިޔެ އަންނަނީ ތަރަށްޤީވެ
ކުރިއަރަމުންނެވެ. ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާރުވަނީ މީގެ ކުރިން
ދުވަހަކުވެސް އިންސާނަކު ހީވެސްކޮށްފައި ނުވާފަދަ ބޮޑު އިންޤިލާބެއް ގެނުވާފައެވެ.
އެހެންގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ، 21 ވަނަ ޤަރުނު ވެގެން ގޮސްފައިމިވަނީ
ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އައު އިންގިލާބެއް ގެނުވި ޤަރުނެއްގެ ގޮތުގައެވެ.
އެހެންކަމުން މިޤަރުނުވެފައި މިވަނީ، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ އެފުއް
މިފުށަށް ޖަހާލި ޤަރުނަކަށްވެފައެވެ.
ޒަމާނީ ޓެކްނޮލޮޖީ ނުވަތަ މަލްޓިމީޑިޔާގެ ވަޞީލަތްތައް
ބޭނުން ކުރެވެމުން މިއަދު އަންނަނީ ވަކި މިވެނި ދާއިރާއެއްގައޭ ބުނެވޭކަށް
މިހާރަކުނެތެވެ. އެހެނީ މި ވަޞީލަތަކީ މިހާރު މުޅި ދުނިޔެ އޭގެ މައްޗަށް
ބަރޯސާވެފައިވާ ވަޞީލަތެކެވެ. މިވަޞީލަތުގެ ބޭނުން އެންމެ ބޮޑަށް ހިފަމުންދާ
އެއްދާއިރާއަކީ، އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާގައެވެ. މީގެ އިތުރުންވެސް
އެކި އެކި ދާއިރާ ތަކުގައި މަސައްކަތްކުރުމަށް މަލްޓިމީޑިއާ ބޭނުންކުރަމުން
ގެންދެއެވެ.
ކިޔަވައި ދިނުމުގެ
ދާއިރާގައި މަލްޓިމީޑިއާގެ ތަފާތު އެތައް އެޕުލިކޭޝަންތައް ބޭނުންކުރަމުން ދެއެވެ.
އެގޮތުން ބަލާއިރު، ކިޔަވައި ދިނުމުގެ ދާއިރާގައި ކުރިން ހުރި އޯޑިއޯ- ވިޝުއަލް
ޑިޕާޓުމެންޓުތަށް މިހާރުވަނީ އުވާލެވިފައެވެ. އޭގެ ބަދަލުގައި މިހާރު ބޭނުންކުރަމުން
ގެންދަނީ މަލްޓިމީޑިއާގެ ޒަމާނީ އެޕުލިކޭޝަންތަކެވެ. މި ދާއިރާގައި
މަލްޓިމީޑިއާ އެޕުލިކޭޝަން ބޭނުންކުރާ
މިންވަރު މިހާރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މި ދާއިރާގައި
މަލްޓިމީޑިއާ ބޭނުންކުރުމުގެ ސަބަބުން
ވަނީ ކިޔަވައިދެވޭނެ އާގޮތްތަށް ތައާރަފުވެފައެވެ. އަދި މި އެޕުލިކޭޝަންސުތަށް
ބޭނުންކުރަން ފެށުމުން ދަރިވަރުންނަށް ނޭނގޭ އަދި އޮޅުންނުފިލާ، އެއްޗެހި އެގުމުގެ
ފުރުސަތު ވަނީ އިތުރުވެގެން ގޮސްފައެވެ. މީގެ އިތުރުން ތަފާތުގޮތްގޮތަށް
ފިލާވަޅުތައް ފަރުމާކުރެވި ކުދިން ޝައުޤުވެރިވާގޮތްތަކަށް އެ ފިލާވަޅުތައް
ކުލާހުގައި ބޭނުންކުރުމުގެ ފުރުޞަތު މިވަނީ މިހާރު ލިބިފައެވެ. މި ކަމުގެ ސަބަބުން
ދަރިވަރުންނަށް ފިލާވަޅު ދަސްވާ އަދި ނަތީޖާ ނެރެވޭ މިންވަރު ކުރިއަށްވުރެ
މިހާރުވަނީ، މާބޮޑުތަން ކުރިއަރައިގެން ގޮސްފައެވެ. އަދި ކުދިން ކިޔަވަން ސްކޫލަށް
ނާންނަން އުޅޭ އުޅުން ބަދަލުވެ، ސުކޫލަކީ އެކުދިންނަށް މަޢުލޫމާތާއި ޙަރަކާތްތެރިކަން
ގެނެސްދޭ ތަނަކަށް ވަނީ ވެފައެވެ. މަލްޓިމީޑިއާ ގެ ސަބަބުން ކިޔަވައިދިނުމުގެ
ދާއިރާއަށް ތަފާތު އެތަށް ޓޫލްސްއެއްވަނީ ތަޢާރަފްވެގެން ގޮސްފައެވެ. އޭގެތެރޭގައި
ޕްރޮޖެކްޓަރާއި ސްމާރޓް ބޯޑާއި ހޮލޮގްރާމް، އައިޕެޑް ފަދަ ޒަމާނީ ވަޞީލަތްތައް
ހިމެނެއެވެ.
ކިޔަވައިދިނުމުގައި
މަލްޓިމީޑިޔާ ބޭނުންކުރުމުން ލިބޭ ފަސޭހަތަކާއި ފައިދާތައް
އައިޕެޑްގެ ތަޢާރަފް
ކިޔަވައިދިނުމުގައި (
ކުލާހުގައި ) އައިޕެޑް ބޭނުންކުރެވޭ ގޮތުގެ ތަޢާރަފް
މިސާލަކަށް އެދުވަހުގެ އިސްލާމްގަޑީގައި މުދައްރިސްނަގައި
ދެއްވާ ފިލާވަޅަކީ އިސްލާމީ ޙަޟާރާތްތެވެ. އައިޕެޑު ބޭނުންކޮށްގެން ކިޔަވައިދޭ
ކުލާހެއްނަމަ އެދުވަހުގެ ފިލާވަޅާއި ގުޅޭގޮތުން ހަދާފައިވާ އެޕްލިކޭޗަން
ހުރިހާކުދިންގެ އައިޕެޑަށް އަޅާލައިގެން މުދައްރިސް ފިލާވަޅު ކުރިއަށް
ގެންދެވިދާނެއެވެ. އޭރުން ދަރިވަރުންވެސް ޝައުޤުވެރިކަމާއި އެކު ފިލާވަޅަށް
ސަމާލުކަންދޭނެއެވެ. މިގޮތަށް ކަންތައްކުރުމުން ދަރިވަރުން އަމިއްލައަށް
އުނގެނުމަށް މަސައްކަތްކުރާނެއެވެ. އަދި ދަރިވަރުން ގަޔާވާފަދަ މާހައުލަކަށް
ކުލާސްތެރެ ވެގެންދާނެއެވެ.
ކިޔަވައިދިނުމުގައި އިންޓަރނެޓްގެ މުޙިއްމުކަން
މުދައްރިސް ފޮތް ހިފައިގެން ބޯޑު ދޮށުގައި
ހުރެގެން ކިޔަވވައިދިން ޒަމާން މިހާރު ހިންގައްޖެއެވެ. އަދި ދަރިވަރުންވެސް ގޮޑިން
ނުތެދުވެ މުދައްރިސް ކިޔައިދެއްވާ އެއްޗޗެއް އަޑުއަހަން ބަސްއަހައިގެން ތިބި
ޒަމާވެސް މާޒީއާއި އެކުވެގެން ހިނގައްޖެއެވެ. މިއަދަކީ އަމިއްލައަށް ކަންކަން
ހޯދައި ދެނެގަނެ އެދިރާސާ ކުރާ ދުވަހެވެ. އާދެ! ޒަމާނީ ވަޞީލަތްތަކުން
އިންސާނުންނަށް ހޯދައިދިން ލުއިފަސޭހަ ގޮތުގައި ހިފަންވީ ދުވަހެވެ. ތިމާއަށް
މަޢުލޫމާތެއް ބޭނުންވެ އެމަޢުލޫމާތެއް ނޭނގިހުންނާކަށް މިއަދަކު ނުޖެހޭނެއެވެ.
އެއަށްވުރެ ބޮޑަށް މިއަދު މިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިއަރައިގެން
ގޮސްފައެެވެ. އިންޓަނެޓްއޭ މިކިޔޭ ބޮޑު ވިޔުގައިން މުޅިދުނިޔެ މިވަނީ
ގުޅުވާލެވިފައެވެ.
އިންޓަނެޓް
ބޭނުންކުރުމުގެ އަޚްލާޤީ މިންގަނޑުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި
މުދައްރިސުންނަށް ކުރެވިދާނެ ކަންތައްތައް
މިހާރު ގިނަ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން
އިވޭ އަޑަކީ، ދަރިން ނުވަތަ ދަރިވަރުން މިވެނި ކަމެއްކުރުމަށް މެދުވެރިވި ސަބަބަކީ
އިންޓަނެޓްގެ ސަބަބުންނެވެ. އުޅުން ގޯސްވީ، އޭގެން ގޯސް ސައިޓުތައް
ބަލައިގެންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ، ދަރިން މިހިސާބަށް ދިޔައިރު
މައިންބަފައިން ކޮބައިތޯ އެވެ. އަދި އުނގަންނައިދެއްވާ މުދައްރިސުންގެ ދައުރު
ކޮބައިތޯއެވެ؟. ޙަޤީޤަތުގައި މިއިން އެއްވެސް ފަރާތަކުން މިކުދިންނަށް
މިފަދަކަންތައްތައް އޮޅުންފިލުވައި ނުދެނީ ތޯއެވެ؟. ޝައްކެއްނެތްގޮތުގައި މިގޮތަށް
ކަންތައްތައް ދާންވެއްޖެ ނަމަ، މިއީ ލިބޭ ނުރައްކާތެރިކަމުގެ ސިގުނަލެކެވެ.
މިކަމަށް ހޭއަރަންވެއްޖެ ކަމެކެވެ. ނޫންނަމަ ވެއްޓިގެންދާ ވަޅުގަނޑުގެ އަނދިރިކަމާއި
ފުންކަން އަޅުގަނޑުމެންގެ ހިތަށް ތަސައްވަރުުވެސް ކޮށްނުލެވޭނެއެވެ.
މިއީ ވަކިބައެއްގެ ބޮލަށް މިކަން ޖަހާފައި އަނެއްބަޔަކު
އެއްފަރާތްވެގެން ތިބެވޭ ވަރުގެ ކަމެއް ނޫނެވެ. ދަރިން ހަމަ މަގަށް އެޅުވޭނީ
ޒިންމާވާންޖެހޭ ހުރިހައި ފަރާތްތަކުންވެސް އެފަރާތެއްގެ ޒިންމާ އެންމެ
ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ. މައިންބަފައިންވެސް ދަރިންނަށް މިފަދަ
ވަޞީލަތްތަކުގެ ބޭނުންކުރަން ދޭއިރު، މި ދެވެނީ ކިހާވަރެއްގެ ރައްކާތެރިކަމަކާއި
އެކުކަން ކަށަވަރުކުރަން އެބަ ޖެހެއެވެ. އިންޓަނެޓް ފަދަ ދުނިޔޭގެ ތަފާތު
އެތައްބަޔަކު ބޭނުންކުރަމުންދާ އެއްޗެއް ދޭއިރު، ތިމާމެންނީ މުސްލިމުންކަމާއި އަދި މުސްލިމުންނަށްވެ ތިބެ
ބަލަންނުވާވަރުގެ މަންޒުތަކާއި ވާހަކަތައް ހުންނާނެކަން ދަނެ އެފަދަ ކަންކަމުން
ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެފަދަ ގޯސް
ސައިޓްތަކަށް ނުވަދެވޭ ގޮަތަށް ހެދެން ހުންނައިރު، ދަރިންނަށް އިންޓަނެޓް
ބޭނުންކުރަން ދޭންވާނީ އެފަދަ ސައިޓްތައް ބްލޮކް ކޮށްފައެވެ.
އިންޓަނެޓް ބޭނުން ކުރުމުގެ އަޚްލާޤީ ރަނގަޅު މިންގަނޑެއް
ދަރިވަރުންގެ ކިބައިގައި އަށަގެންނެވޭނީ، މިކަމުގައި މުދައްރިސުންގެ ވެސް ފުރިހަމަ
އެއްބާރުލުން ލިބިގެންނެވެ. އެގޮތުން އިންޓަނެޓް ބޭނުންކޮށްގެން ކުރާ އެކިއެކި
ކުއްތަކުގެ ( މިސާލަކަށް ހެކްކުރުމާއި ވަގުމަޢުލޫމާތު ބޭނުންކޮށްގެން ނުހައްގުން
ލާރިނެގުމާއި ކޮޕީރައިޓްސް އާއި ޚިލާފު ވުމާއި ގޯސް ސައިޓްތައް ބެލުންފަދަ ) މަޢުލޫމާތު
ދިނުމާއި މިފަދަކަންތައްތައް ކުރުމުން ލިބޭނެ ގެއްލުންތަކާއި އަދަބުތައް
ދަރިވަރުންނަށް ބުނެދީ ހެދުމަކީ ވަރަށް މުޙިއްމު ކަމެކެވެ. މީގެ އިތުރުންވެސް
ދަރިވަރުންނަށް ފައިދާ ހުރި ރަނގަޅު ސައިޓްތަކަކީ ކޮބައިކަމާއި އަދި އިންޓަނެޓްގެ
ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެގޮތްތަށް ބުނެދީ އެކަމަށް ދަރިވަރުން
އަހުލުވެރިކުރުމަކީވެސް މުދައްރިސެއްގެ ހައިސިއްޔަތުން ކުރެވިދާނެ ވަރަށް މުޙިއްމު
ކަމެކެވެ.
ކައިރި
މުސްތަޤްބަލްގައި މަލްޓިމީޑިޔާގެ ސަބަބުން ކިޔަވައިދިނުމަށް އަންނާނެ ބަދަލުތައް
އެއްވެސް ޝައްކެއްނެތް ގޮތުގައި ކިޔަވައިދިނުމުގެ
ދާއިރާގައި މަލްޓިމީޑިޔާގެ މުސްތަޤުބަލް ވަރަށް އުޖާލާއެވެ. މިހެން މިދެންނެވީ
ސަބަބެއް ނެތިއެއްނޫނެވެ. މީގެ ކޮޅުމަތިތައް މިހާރުވެސް މިކުޑަކުޑަ ރާއްޖޭގެ
ސްކޫލްތަކަށް އަންނަމުންދާ އަވަސް ކުރިއެރުންތަކަށް ބަލައިލުމުން ފެނިގެންދެއެވެ.
އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ ރާއްޖޭގެ ތަޢުލީމުފޯރުކޮށްދޭ
ތަންތަނުގައި މަލްޓިމީޑިޔާގެ ތަފާތު ވަޞީލަތްތައް ބޭނުންކުރެވެމުން ދާކަމެވެ.
އިހުގައި ލިޔަން ގެންގުޅުނު ޗޯކާއި ބޯޑު ވީތަނެއްވެސް ނޭނގޭއިރު ވައިޓް ބޯޑާއި
މާކަރުތައްވެސް މިހާރުވަނީ ނެތިދިއުމުގެ މަގުމަތީގައެވެ. ގިނަ ސްކޫލުތަކުގައި
މިހާރު ބޭނުން ކުރަމުންދަނީ މިހާރުގެ އެންމެ ޒަމާނީ އާލާތްތަކެވެ. އެގޮތުން
ބަލާއިރު ބައެއް ސްކޫލުތަކުގައި ކިޔަވައިދެވީ ސްމާޓް ބޯޑު ބޭނުންކޮށްގެންނެވެ.
އަދި ހަމައެންމެ މާލޭގެ ހުރިހައި ސްކޫލެއްގައި ހެންމެ މިހާރު ކިޔަވައިދެނީ
ޕްރޮޖެކްޓަރ ބޭނުންކޮށްގެންނެވެ. އެންމެ ބޮޑުު ކުރިއެރުމެއް ފާހަގަކުރެވެނީ
މާލޭގައި ހުރި އިންޓަނޭޝަނަލް ސްކޫލުތަކުންނެވެ. އެސްކޫލުތަކުގެ ގިނަ ދަރިވަރުން
މިހާރުވެސް ކުލާހަށް ދަނީ އައިޕެޑާއި ޓެބްލެޓްފަދަ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި
އެކުއެވެ.
މުސްތަޤުބަލުގައި ރާއްޖޭގެ ގިނަ ސްކޫލުތަކަކަށް ސްމާޓް
ބޯޑާއި އައިޕެޑް ފަދަ ވަޞީލަތްތައް ތަޢާރަފްވެގެން ދާނެއެވެ. އެހެންވެއްޖެނަމަ،
ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަމައަށް ފިލާވަޅުތައް ބުނެދެވި އަދި
ފިލާވަޅުތައް ދަރިވަރުންނާއި އެންމެ އެކަށީގެންވާ ގޮތަށް ރާވައިގެން ކުރިއަށް
ގެންދިއުމަށް އެހީތެރިވެދޭނެއެވެ. އަދި މިހާރަށްވުރެ ފަހި މާހައުލެއް
ދަރިވަރުންނަށް ތަނަވަސްވެގެން ދާނެއެވެ. ހަމައެހެންމެ، މުދައްރިސުންނަށްވެސް
މިހާރަށް ވުރެ ރަނގަޅަށް ފިލާވަޅުތައް އޮޅުންފިލުވައިދިނުމަށް
ފަސޭހަވެގެންދާނެއެވެ. ފެނިގެންދަނީ، ދަރިވަރުން ގެންގުޅޭ ބަރު ފޮތްތަކުގެ
ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ ކޮންމެވެސް ވަޞީލްތެއްގެ އެހީގައި އުނގެނެމުންދާ
މަންޒަރެވެ.
ނިންމުން
މާތްﷲގެ ވާގިފުޅާއި އެކު އަޅުގަނޑު މިރިޕޯޓްގައި ހިމަނަން
ގަސްތުކުރި ބައިތައް މިހާހިސާބުން ލިޔެނިމުނީއެވެ. މިމަސައްކަތް ތައްޔާރުކޮށް
ނިންމުމުގެ ހެޔޮތައުފީޤު މިންވަރު ކޮށްދެއްވިކަމަށްޓަކާ މާތްﷲ ސުބުޙާނަހޫ
ވަތަޢާލާއަށް ޙަމްދުކުރަމެވެ. އަދި އަޅުގަނޑަށް މިކަމުގައި އެހީތެރިކަން
ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. ވަރަށް
ޚާއްސަކޮށް މިމާއްދާ ކިޔަވައިދެއްވާ އިބްރާހީމް ނަސްރީންއަށް ޝުކުރު އަދާކުރަމެވެ.
05 މާރޗް 2013
ރިފަރެންސް
1 - އަސްހަނާ،
އޭ. (2012)، މަލްޓިމީޑިއާ އިން އެޑިޔުކޭޝަން (އޮންލައިން، ނެގީ 11 މެއި 2012 ). http://encyclopedia.jrank.org/articles/pages/6821/Multimedia-in-Education.html
2- އެޗުއާރުއެސްބީ
ސުޓާފު. (2012)، ބެނެފިޓުސް އޮފް ޔޫސިން
މަލްޓިމީޑިއާ (އޮންލައިން، ނެގީ 11 މެއި 2012 ).
3- ޔުނެސްކޯ.(2012)، ދަ އެކުސްޕީރިއަންސު އޮފް އިންޓަނެޓު ޔޫސޭޖު އިން
އެޑިޔުކޭޝަން (އޮންލައިން، ނެގީ 11 މެއި 2012 )
4- މުޙައްމަދު ޢަދުލީ. ( 2012 )، ތަޢުލީމީ
ދާއިރާގައި އައި.ސީ.ޓީ ( ޖަމާޢަތުގެ ޚަބަރު 403 )،ޞ 11-13.
5- މުޙައްމަދު ނާއިފް. 2012 )، ދަރިވަރެއްގެ ޤަލަމުން ކިޔެވުމުގައި
ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުން، ޖަމާޢަތުގެ ޚަބަރު ( 400 )، ޞ 17.
7-